ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-
ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-
ހެއްދެވި ފަރާތަށް ބިރު ގަންނަނަމަ ނިކަމެތި ރައްޔިތުން މިގޮތަށް ލޫޓުވާކަށް ނުކެރޭނެ ކަމަށް ކުރީގެ ނާއިބު ރައީސް މުަހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުތަކުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައި ވާކަން ހާމަވުމުންނާއި، ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލު ކުރުމުގެ ޝަރުތު ކުޑަކުރާ ބިލު ފާސްކުރުމާ ގުޅިގެން ހިއްސާކުރި ޕޯސްޓެއްގައެވެ.

މިދެކަމަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޖަމީލް ވިދާޅުވީ ހެއްދެވި ފަރާތަށް ބިރެއް ގަންނަ ބަޔަކަށް ނިކަމެތި ރައްޔިތުން މިގޮތަށް ލޫޓްވަން ނުކެރޭނެ ކަމަށެވެ.

"މިއީ ރައީސް އިބޫގެ ސަރުކާރަށް ފާޑުކިޔަމުން ވެރިކަން ލިބުމުން ސީދާ ޚިޔާނާތަށް ހިފާފައި ތިބި ބައެއް." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ވިލާ ޔުނިވަރސިޓީވެސް އުފަންކުރަން އުޅެނީ "ޑީލް" ހަދައިގެން ކަމަށާއި، މިދެކަމަކީވެސް ބޮޑެތި ޖަރީމާތައް ކަމަށެވެ.

އަދި މި ދެކަމަކީވެސް ނުފޫޒުން ނާޖާއިޒު ފައިދާ ނެގުން ކަމަށާއި، އެހެންކަމުން ދެން އަންނަ ވެރިކަމެއްގައި ދެކަންތައްވެސް ބަލައި ފިޔަވަޅު އަޅަން ލާޒިމް ވާނެ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

"މިދެކަމަކީވެސް ބޮޑަތި ޖަރީމާ. ދެކަންތައްވެސް ދެންއަންނަ ވެރިކަމެެއްގައި ބަލައި ފިޔަވަޅު އަޅަން ލާޒިމްވާނެ! ދެކަމަކީވެސް ނުފޫޒުން ނަގާ ނަޖާއިޒް ފައިދާ! މިދެކަންތައް ވެސް ބާތިލްވާނެ!" ޖަމީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް