ދިއްލީގެ ރެޑް ފޯޓު ކައިރީގައި ބޮޑު ގޮވުމެއް-
ދިއްލީގެ ރެޑް ފޯޓު ކައިރީގައި ބޮޑު ގޮވުމެއް-
އިންޑިއާގެ ވެރިރަށް ދިއްލީގެ މަޝްހޫރު ރެޑްފޯޓް ކައިރީގައި ހިނގި ބާރުގަދަ ގޮވުމެއްގައި 8 މީހަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ.

މި ޙާދިސާ ހިނގާފައި ވަނީ ކާރެއް ގޮއްވާލުމުގެ ސަބަބުން ކަމަށާއި، މި ހާދިސާއާ ގުޅިގެން ދިއްލީގެ އެކި ހިސާބުތަކުގައި ހައި އެލާޓް ނެރެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ހިތާމަވެރި ހާދިސާގައި 24 މީހުންނަށް ވަނީ ޒަހަމްވެފައެވެ. ޒަޙަމްވި މީހުންނަް ދިއްލީގެ ލޮކް ނަޔަކް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށް ރިޕޯޓުގައި ވެއެވެ.

ދިއްލީގެ ފުލުހުން ބުނީ މިއީ ވަރަށް ބާރުގަދަ ގޮވުމެއް ކަމަށެވެ. މި ހާދިސާގައި ކައިރީގައި ހުރި ތިން ހަތަރު ވެހިކަލެއްގައި އަލިފާން ރޯވެ ގެއްލުން ލިބިފައިވާ ކަމަށާއި، ގޮވުން ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވާކަމަށް ފުލުހުން ހާމަކުރިއެވެ.

މި ހާދިސާއާ ގުޅިގެން މުމްބާއީ، ޖައިޕޫރު، އުއްތަރަ ޕްރަދޭޝް އަދި އުއްތަރަކަންޑު ފަދަ ސިޓީތަކުގައިވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ހައި އެލާޓް އިއުލާންކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް