މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުން މަސްތުވާތަކެތީގެ 12 ނެޓްވޯކެއް ދެނެގަނެފައިވާ ކަމަށް، ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޝަމީމު އިއްޔެ ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ވެށި ރައްކަލްގެ ނަމުގައި ޖެނުއަރީ 14، 2024 ގައި ފުވައްމުލަކުގައި ފެށި މި އޮޕަރޭޝަން ގއ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން އައްޑު އަތޮޅަށް ވެސް ފުޅާކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 12 ވަކިނެޓްވޯކެއް މިހާރު ދެނެގަނެވިފައިވާކަން ޝަމީމް ފާހަގަކުރެއްވިއެވެ.
ޝަމީމް ވިދާޅުވީ، ފުވައްމުލަކުގައި ފެށި އޮޕަރޭޝަންގައި މިހާތަނަށް 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގުކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފައެވެ. މި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި، އެ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34 އަހަރު އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29 އަހަރު ހިމެނެ އެވެ.
މި ނެޓްވޯކުތަކުން، ޑީލަރުންނަށް މުސާރަ ދީގެން، މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށާއި އަދި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބުތައް ވަކި ތަރުތީބަކުން ބަލަހައްޓާފައިވާކަން ވެސް ތަހުގީގަށް ފާހަގަވެފައިވާ ކަމަށްވެއެވެ.
މި ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ސިޓީގެ ކޮމާންޑަރު، އިންސްޕެކްޓާ އޮފް ޕޮލިސް މޫސާ ލަތީފު ވިދާޅުވީ، އޮޕަރޭޝަން ރައްކަލްގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތްތަކަށްފަހު، މަގުމަތީގައި މަސްތުވާތަކެތި ވިއްކާކަމުގެ ޝަކުވާތައް މިހާރު ނުލިބޭ ކަމަށާއި، މި އޮޕަރޭޝަންގެ ނަތީޖާ ރަނގަޅުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު