ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް އަދި މަތީ ދަރަޖައިގެ އިނާމު 33 ބޭފުޅަކަށް މިއަދު އަރުވައިފިއެވެ.
މި އިނާމުތައް އެރުވީ، މިއަދު ކުރިއަށްދިޔަ 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވުނު މި ޚާއްސަ ޖަލްސާގައި، އިނާމު ހާސިލްކުރެއްވި ބޭފުޅުންނަށް އިނާމު އަރުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުން ބުނީ، ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު މިއަދު ލިބުނު 97 ބޭފުޅުންނަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުން ކަމަށެވެ. މީގެ އިތުރުން، 40 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރެއްވި 94 ބޭފުޅަކަށް މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އިނާމު އަރުވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ޝަރަފުގެ ބެޖަކާއި ޝަރަފުގެ އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ. މި އިނާމަކީ ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ، އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ހިދުމަތްކުރައްވައި، ވަޒީފާ އަދާކުރި މުއައްސަސާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އިނާމެކެވެ.
މިއީ ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވަޒީފާ އަދާކުރެއްވި ނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުތު ހަމަވާ ނަމަ ދެވޭ އިނާމެކެވެ. ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދޭން ފެށީ 2021 ވަނަ އަހަރުއެވެ.
މަތީ ދަރަޖައިގެ އިނާމު އަރުވަނީ ރާއްޖެއަށް ރީތި ނަން ހޯދައިދީގެންނާއި މަސައްކަތްތެރިކަމާއި އިލްމީ ގޮތުން އެކި ކާމިޔާބުތައް ހޯދާފައިވާ ބޭފުޅުންނަށެވެ. ރައީސް އޮފީހުން ބުނީ، މި ފަހަރު މަތީ ދަރަޖައިގެ އިނާމަށް 90 ބޭފުޅަކު ފޯމު ހުށަހެޅި ކަމަށާއި، އޭގެ ތެރެއިން 33 ބޭފުޅަކަށް އެ އިނާމު ދިނުމަށް ޝަރުތު ހަމަވި ކަމަށެވެ.
މަތީ ދަރަޖަ ލިބުނު 33 ބޭފުޅުންގެ ތެރޭގައި، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލްކުރެއްވި 8 ބޭފުޅަކު ހިމެނެއެވެ. އަދި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލް ކުރުމުގައި އެންމެ މަތީ ވަނަ ހޯދައިގެން 23 ބޭފުޅަކު މި އިނާމަށް ހޮވުނެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަތަ ބައިނަލްއަގުވާމީ އެނޫން ވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން ދެ ބޭފުޅަކަށް ވެސް މަތީ ދަރަޖައިގެ އިނާމު ލިބުނެވެ. މަތީ ދަރަޖައިގެ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު