ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކުރާ ދެވަނަ ދައުވާގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ހަތަރު އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ސައީދުގެ މައްޗަށް ދައުލަތުން ކުރާ ދެވަނަ ދައުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
ދައުލަތުން އޭނާގެ މައްޗަށް މި ދައުވާ ކުރަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރެ 2023 ވަނަ އަހަރު ލ. މާމެންދޫގައި އަމިއްލަ ފަރާތަކުން ހަދާފައިވާ އައިސް ޕްލާންޓެއް ފެނަކައަށް ގަތް ކަމަށް ބުނެއެވެ.
މި މައްސަލާގައި ސައީދުގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަށް އޭނާ ވަނީ މީގެ ކުރިން އިންކާރު ކޮށްފައެވެ. އޭނާ އެ ދައުވާއަށް އިންކާރު ކުރިކަމުގައި ވީނަމަވެސް މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. މި މައްސަލާގައި ދެން އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމެވެ.
ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. މިއީ ފެނަކަ އާއި އަމިއްލަ ކުންފުންޏަކާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން އެ ކުންފުނިން މަސައްކަތް ފުރިހަމަ ކުރިކަން ކަށަވަރު ކުރުމެއް ނެތި އެ ކުންފުންޏަށް ފައިސާ ދޫކުރިކަން ސާބިތުވުމުން އިއްވި ހުކުމެކެވެ.

ކިޔުންތެރިންގެ ހިޔާލު