އޭސީސީއަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 84.7 މިލިއަން ރުފިޔާ ކަނޑައަޅައި ދިނުމަށް މަޖިލީހުގެ ކޮމިޓީގައި އެދިއްޖެއެވެ.
އޭސީސީން މިކަމަށް އެދިފައިވަނީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި، އަންނަ އަހަރަށް އެކަށީގެންވާ ބަޖެޓެއް އޭސީސީއަށް ދީފައިނުވާކަން ފާހަގަ ކުރަމުންނެވެ.
ކޮމިޓީގައި އޭސީސީގެ ރައީސް ޝާމިލް ވިދާޅުވީ ފިނޭންސް މިނިސްޓްރީން އެ ކޮމިޝަނަށް ކަނޑައަޅާފައިވަނީ 49.8 މިލިޔަން ރުފިޔާގެ ސީލިންއެއް ކަމަށާއި ނަމަވެސް ބަޖެޓުގެ ގޮތުގައި ހިމަނާފައި ވަނީ 47.3 މިލިޔަން ރުފިޔާ ކަމަށެވެ. މިއީ އެ ކޮމިޝަނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރެވޭވަރުގެ ބަޖެޓެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭސީސީން ބަލަމުންދާ މައްސަލަތައް އަވަސް ކުރުމަށް ސިޔާސަތުތައް ބަދަލުކޮށް މިއަހަރަށް ވެސް ސިޔާސަތުތަކެއް ކަނޑައަޅާފައިވާކަން ފާހަގަ ކުރައްވައި ޝާމިލް ވިދާޅުވީ ކޮމިޝަނުން ބޭނުންވާ ބަޖެޓް ދީފިނަމަ އަންނަ އަހަރުގެ ދެވަނަ ކުއާޓާ ނިމުމުގެ ކުރިން ރަނގަޅު ނަތީޖާ ނެރެދެވޭނެ ކަމަށެވެ.
އެގޮތުން ބޮޑެތި ތަހުގީގުތައް އަވަސްކޮށް، ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ޖިނާއީ އިޖުރާއަތުގެ ތެރެއިން ފިޔަވަޅު އެޅި، ކުށްވެރިންނާ މެދު ފިޔަވަޅު އަޅާތަން ފެނިގެންދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޮމިޝަންގެ ތަހުގީގުތައް މުޅިންހެން ބައްޓަން ކުރަން ޖެހެނީ ފައިނޭންޝަލް ތަހުގީގުތަކަށް ކަން ފާހަގަކުރަމުން ޝާމިލް ވިދާޅުވީ މުވައްޒަފުން ތަމްރީނުކޮށް އެކަށީގެންވާ ތަޖުރިބާ ހޯދައިދިނުމަކީ ވަރަށް ބޭނުން ކަމެއް ކަމަށެވެ. ނަމަވެސް މިކަމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ޝާމިލް ވިދާޅުވީ މި ބަޖެޓު ލިބިއްޖެނަމަ މިކަންތައް ރަނގަޅު ކުރެވޭނެ ކަމަށެވެ.
އެހެންވެ އޭސީސީ އިން އެދުނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަށް އެ ކޮމިޝަންގެ ބަޖެޓުވެސް މަޖިލީހުން ކަނޑައަޅައިދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު