ބަންގްލަދޭޝްގެ ސިޔާސީ ހަލަބޮލިކަން އިތުރުވެ، ހުޅުޖެހުމުގެ ޙަމަލާތައް ހިންގަން ފަށާފައިވާތީ ސަލާމަތީ ފިޔަވަޅުތައް އިތުރު ކޮށްފިއެވެ.
މިފަހަކަށް އައިސް ބަންގްލަދޭޝްގައި އާންމު ވަމުންދާ ހަމަނުޖެހުމުގައި، އާންމު ދަތުރުފަތުރަށް ބޭނުންކުރާ އެތައް އުޅަނދެއްގައި ވަނީ ރޯކޮށްލާފައެވެ. އެންމެ ފަހުގެ ހަމަލާތަކުގައި ޣާޒީޕޫރުގައި މަދުވެގެން ތިން ބަހުގައި ވަނީ ރޯކޮށްފައެވެ. އަދި ޑާކާގެ ސުތުރާޕޫރު ސަރަޙައްދުގައި ވެސް ވަނީ އިތުރު ބަހެއްގައި ރޯކޮށްލާފައެވެ.
މި ޙަމަލާތަކަކީ ރޭގަނޑު ހިންގާފައިވާ ހަމަލާތަކެކެވެ. މި ހަމަލާތަކާައެކު ރާވައިގެން ހިންގާ ބަޣާވާތްތަކެއް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންގޮސްފާނެ ކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިޥާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
މި މައްސަލަތަކާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން ބަންގްލަދޭޝުން ވަނީ ފުލުހުންނަށް އެހީތެރިވުމަށް ވަނީ ބޯޑާ ގާޑްގެ 14 ޕްލެޓޫން ނެރެފައެވެ. އަދި، ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ބަންގްލަދޭޝް އިން ވެސް ވަނީ ހުރިހާ އެއާޕޯޓްތަކެއްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އަންގާފައެވެ.
މިއީ ޤައުމީ ފެންވަރުގައި ހަމަނުޖެހުންތައް ފެތުރިދާނެ ކަމުގެ ބިރު އޮތްކަން ހާމަކޮށްދޭ ކަންކަން ކަމުގައި ރިޕޯޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު