އިނގިރޭސިވިލާތު ސަރުކާރުން އޮޅިގެން 91 ގައިދީން ދޫކޮށްލާފައި ވާކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އެގައުމުގެ ޖަސްޓިސް މިނިސްޓްރީން ހާމަކުރި އާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޭޕްރީލް މަހާއި އޮކްޓޯބަރު މަހާ ދެމެދު 91 ގައިދީން ވަނީ އޮޅުމަކުން ދޫކޮށްލާފައެވެ.
މިކަމާ ގުޅިގެން ވަޒީރުންނަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އޮޅުމަކުން ދޫކޮށްލެވުނު ގައިދީން ހޯދުމަށް ގިނަ ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގާފައިވާކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މިހާރު އިނގިރޭސި ސަރުކާރުން ވަނީ ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ފިޔަވަޅުތަކެއް އިއުލާނުކޮށް، އޮޅިގެން ދޫކޮށްލެވުނު މީހުންގެ މައްސަލަތައް މިނިވަންކަމާއެކު ރިޕޯޓު ކުރަން ފަށާފައެވެ.
އޮޅިގެން ގައިދީން ދޫކޮށްލުމަކީ އިނގިރޭސިވިލާތުގައި އާންމު ކަމެކެވެ. މިދިޔަ އަހަރުގެ މާރޗް މަހުން ފެށިގެން މި އަހަރުގެ މާރޗް މަހާ ދެމެދު އެފަދަ 262 މައްސަލަ ރެކޯޑު ކުރެވިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 115 މައްސަލައާ އަޅާބަލާއިރު 128 އިންސައްތައިގެ އިތުރުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު