އިންޑިއާގެ ކަޝްމީރުގައި ހުރި ފުލުހުންގެ މަރުކަޒެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ނުވަ މީހުން މަރުވެއްޖެއެވެ.
މި ހާދިސާގައި ހިނގާފައިވަނީ އެކި އޮޕަރޭޝަންތަކުގައި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގޮވާތަކެތި ގޮވައިގެން ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
މި ގޮވުމުގެ ސަބަބުން 29 މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާއިރު މީގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިޔަސް ކަމަށް ގައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
މި ހާދިސާ ހިނގާފައި ވަނީ، ފޮރެންސިކް އޮފިޝަލުންތަކެއް ގޮވާތަކެތި ބަލައި، ތަޙުޤީޤު ކުރަމުން ދަނިކޮށް ކަމަށާއި، އެހެންކަމުން މި ގޮވުމުގައި މަރުވި 9 މީހުންގެ ތެރޭގައި ގިނައީ ފުލުހުންނާއި ފޮރެންސިކް ދާއިރާގެ އޮފިޝަލުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މަރުވި ގިނަ ބަޔެއްގެ ހަށިތައް ވަނީ ވަރަށް ބޮޑަށް ފިހިފައިވާތީ އެއީ ކޮން ބައެއް ކަން ދެނެގަތުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާޢި، ނަމަވެސް އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ބައެއް މީހުންގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ފެނުނީ 100 އާއި 200 މީޓަރު ދުރުގައި ހުރި ގެތައް ކައިރިން ކަމަށްވެސް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.
އިންޑިޔާގެ ފުލުހުން މިހާރު ދަނީ މި ހާދިސާ ތަޙުޤީޤު ކުރަމުންނެވެ. މި ހާދިސާ ހިނގާފައި މި ވަނީ ދާދިފަހުން އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ތާރީޚީ ބިނާއެއްކަމަށްވާ، ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުގެ ހާދިސާއެއް ހިނގާފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު