ޑރ. ފަރްވޭޒް އަހުމަދު
ޑރ. ފަރްވޭޒް އަހުމަދު
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިމަހުގެ 10 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ޑރ. ޕަރްވޭޒް އަހުމަދު، 2016 ވަނަ އަހަރުން ފެށިގެން ތިން އަހަރު ދުވަހު ރާއްޖޭގައި މަސައްކަތްކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާަގެ ކާރޫބާރޫ ބޮޑު ރެޑް ފޯޓް ސަރަހައްދުގައި ކާރެއް ގޮއްވާލައިގެން ދިން ހަމަލާގައި ގިނަބަޔަކު ވަނީ މަރުވެފައެވެ.

އިންޑިއާގެ ފުލުހުން މި ހަމަލާގެ ތަހުގީގު ފުޅާކޮށްފައިވާއިރު، އިންޑިއާގެ އިކޮނޮމިކްސް ޓައިމްސް އިން މިއަދު ރިޕޯޓުކޮށްފައިވަނީ، ބޮމުގެ ޙަމަލާ ރޭވުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ، ޑރ. ޕަރްވޭޒް އަހުމަދު 2016 ވަނަ އަހަރު ރާއްޖެއަށް އައިސް، ޕްރައިވެޓް ސެކްޓަރާ ގުޅުންހުރި ހޮސްޕިޓަލެއް ނުވަތަ ކުލިނިކެއްގައި ދެތިން އަހަރު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އިކޮނޮމިކްސް ޓައިމްސްއިން އެންޓި ޓެރަރިޒަމް ސްކޮޑް (އޭޓީއެސް) އާ ހަވާލާދީ ބުނެފައިވަނީ، ޕަރްވޭޒް އަހުމަދު ރާއްޖޭގައި މަސައްކަތްކުރި ދުވަސްވަރު ހަރުކަށި ފިކުރުގެ މީހުންނާ ނުވަތަ ހަރުކަށި ފިކުރުގެ ގްރޫޕުތަކަށް މީހުން ރެކްރޫޓުކުރާ ފަރާތްތަކާ ބައްދަލުކުރިތޯ އޭޓީއެސްއިން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އޭޓީއެސްއިން ފާހަގަކޮށްފައިވާ ގޮތުގައި، ޕަރްވޭޒް އަހުމަދު ރާއްޖޭގައި މަސައްކަތްކުރި އަހަރުތަކުގެ ބޭންކު ސްޓޭޓްމެންޓުތަކާއި އެހެނިހެން ޑޮކިއުމެންޓްސްތަކަކީ މި މައްސަލައިގެ ތަހުގީގަށް ވަރަށް މުހިންމު ތަކެއްޗެވެ. މި ހަމަލާގެ ސަބަބުން އިންޑިއާގެ ސަލާމަތީ ފަރާތްތަކުން ވަނީ އެގައުމުގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް