ފުލުހުން ކްރައިމް ސީނެއްގައި-
ފުލުހުން ކްރައިމް ސީނެއްގައި-
މާލޭގެ ގެއެއްގައި އަންހެނަކު ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިރޭ މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގައި ހުއްދަ ނޫން ގޮތުގައި 18 އަހަރުގެ އަންހެނަކު ގަދަކަމުން ހިފަހައްޓައި، ޖިސްމާނީ އަނިޔާ ކޮށްފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު 18:11 ހާއިރު ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް