ފައިސާގެ މުޤާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ "ޕީސް ސެލޫން އެންޑް ސްޕާ" ބަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ފައިސާގެ މުޤާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތައިލެންޓް ތިން އަންހެނުންނާއި ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ ގއ. ވިލިނގިލި، ރިވެލި، މުޙައްމަދު ސަމާމް ރަޝީދު (28އ) އާއި، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ސަމާމް ރަޝީދު (28އ) ފަސްދުވަހަށް، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) ތިންދުވަހަށް އަދި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އެއިދާރާއިން ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު