ފުލުހުންނަށް ބޭނުންވާ ބޮޑީ ވޯން ކެމެރާ ނުވަތަ ބޮޑީ ކެމެރާ ގަންނަން ކުރިން ހަވާލުކުރި ކުންފުނީގެ ޝަރުތު ހަމަނުވެގެން އެ ބީލަން ކެންސަލް ކުރުމަށް ޓެންޑާ ބޯޑުން އެންގުމުން، ބީލަން ކެންސަލް ކުރުމަށްފަހު އަނެއްކާވެސް ހަވާލުކޮށްފައިވަނީ ހަމަ އެ ކުންފުނީގެ ވެރިން ހިމެނޭ އިތުރު ކުންފުންޏަކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބުނެފިއެވެ.
މިއީ ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)ގެ މަގާމުގައި މުހައްމަދު ހަމީދު ހުންނެވިއިރު ހިންގި މުއާމަލާތެކެވެ.
މި މުއާމަލާތާއި ގުޅޭ ގޮތުން މިއަދުގެ މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، 2021 ވަނަ އަހަރު އެންމެ ފުރަތަމަ ބޮޑީކެމް ގަންނަން ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން، ޒެޓާ އެންޓަޕްރައިސެސް ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށެވެ.
އެ ފަހަރު ސިންގަލް ސޯސްގެ ދަށުން އެ ކުންފުންޏާއި ހަވާލުކުރީ 1400 ބޮޑީ ކެމް ގަތުމަށް ކަމަށާއި، އެހެންނަމަވެސް އެ ބީލަމުގައި މައްސަލަތަކެއް ހުރިކަން ޓެންޑާ ބޯޑުން ފާހަގަކޮށް، އެކަން އިއުލާނުކޮށް، ޕޮލްކޯއަށް އެންގުމުން އެކަން ހުއްޓުނީ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
އޭރު ޓެންޑާ ބޯޑުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ޒެޓާ އެންޓަޕްރައިޒަސް އިން ސަޕްލަޔަ ކްރެޑިޓް ލެޓާއެއް ހުށަހެޅި ނަމަވެސް، އެ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު އެފަދަ ކަމެއް ކުރުމުގެ ގާބިލްކަން ނެތްކަމާއި، އެ ކުންފުންޏަކީ ސެކިއުރިޓީ އާއި އިލެކްޓްރޯނިކް ސާމާނު ސަޕްލައި ކުރަމުން ދިޔަ ކުންފުންޏަކަށް ނުވާތީ އެފަދަ ކަމެއް ކުރުމުގެ ފަންނީ ގާބިލުކަން ވެސް ނެތްކަން ހިމެނެއެވެ.
ޓެންޑާ ބޯޑުން އެހެން ނިންމުމުން، އެ ބީލަން ކެންސަލްކޮށް 200 ބޮޑީކެމް ގަންނަން އަލުން ބީލަމަށް ޕޮލްކޯ އިން ހުޅުވާލިއެވެ.
އެ ބީލަމަށް ތިން ފަރާތަކުން ކުރިމަތިލިއިރު، އޭގެ ތެރެއިން އެ ބީލަން އެވޯޑުކުރީ، ސިންގަލް ސޯސްކޮށް ކުރިން އެވޯޑުކުރި ޒެޓާ އެންޓަޕްރައިސެސްގެ ވެރިން ހިމެނޭ އެހެން ކުންފުންޏެއް ކަމުގައިވާ ޒެޓާ ޓެކްނޮލޮޖީއާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބެލިކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
ފަހުން ބޮޑީކެމް ގަންނަން ހަވާލުކުރި ކުންފުންޏަކީ ކުރީގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރުމަށް ފަހު އެ ކުންފުނީގެ މަގާމަކަށް ވަޑައިގެންނެވި ކުންފުންޏެވެ. އެކަމާއި ގުޅިގެން ވެސް މީގެ ކުރިން ކޮމިޓީގައި ވާހަކަދައްކާފައި ވެއެވެ. އެގޮތުން އެ މުއާމަލާތުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ މުއާމަލާތެއް ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށް، އެކަމަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އިތުރަށް ބަލަންޖެހޭ މައްސަލައެއް ކަމަށް ވެސް އެ ކޮމެޓީގައި ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް އެފަހުން ސީޕީ ހަމީދު ވަނީ ފުލުހުންގެ ހިދުމަތަށް 2022 ވަނަ އަހަރު ގެނައި ބޮޑީވޯން ކެމެރާތައް ގެނައުމުގައި ކޮރަޕްޝަން ހިންގާފައި ނުވާނެ ކަމަށް ވިދާޅުވެ ބަޔާނެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު