މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އުމުރުން 18 އަހަރުގެ އަންހެނަކު "ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް" އެއިދާރާއަށް ރިޕޯޓުކުރީ މިދިޔަ އަންގާރަ ދުވަހުގެ އިރުއޮއްސުނު ފަހުން ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ހ. ފޯސީޒަން، އުމުރުން 19 އަހަރުގެ އަހުމަދު އާހިލް މުނާޒު ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި އަންހެން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއްވެސް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު