މުހައްމަދު ފަސީހު، 51 އަހަރު، ފްލޮރިޑާ / ސ. ފޭދޫ
މުހައްމަދު ފަސީހު، 51 އަހަރު، ފްލޮރިޑާ / ސ. ފޭދޫ
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މަސްތުވާތަކެއްޗަށް ފަރުވާ ހޯދާ މީހުންނަށް ޑުރަގު ދީ، އެ މީހުންނާއެކު ނަހަމަ ގުޅުން ބޭއްވި ކަމުގެ ތުހުމަތުގައި އެ އެޖެންސީގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ފަސީހު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ތުހުމަތުގައި ހައްޔަރުކުރެވުނީ އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި ސ. ފޭދޫ ފްލޮރިޑާ، މުހައްމަދު ފަސީހު، 51 އަހަރު، ކަމަށެވެ.

ފަސީހުގެ މައްޗަށް އެންޑީއޭއިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީ، ނަހަމަ ގުޅުން ބާއްވާ ކަމުގެ ތުހުމަތު ތަކެއް ފުލުހުން ވަނީ ކޮށްފައެވެ. މި މައްސަލަ އެންޑީއޭއިން ފުލުހުންނަށް ހުށަހެޅީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ފަސީހު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ރާއްޖޭގައި ޑުރަގުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންނަށް ފަރުވާ ދޭ މަރުކަޒުތަކުގައި ވެސް ޑުރަގު ބޭނުންކުރާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް