އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު
އެމެރިކާގެ ކޮންގްރެސް މެމްބަރުންތަކަކަށް މަރުގެ އަދަބު ދޭން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގޮވާލައިފިއެވެ.

އެގޮތުން 6 މެމްބަރުންނަށް މަރުގެ އަދަބު ދޭން ގޮވާލާގައި ވާއިރު، މި މެންބަރުންނަކީ ޓްރަމްޕް ސިފައިންނާއި އިންޓެލިޖެންސް އޮފިސަރުންނަށް ކުރައްވާ ގާނޫނާ ޚިލާފު އަމުރުތަކަށް ނުކިޔަމަންތެރިވުމަށް ގޮވާލާފައިވާ މެމްބަރުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ޓްރަމްޕް މި ތުހުމަތު ކުރައްވާފައިވާ ފަރާތްތަކަކީ ސެނެޓަރުން ކަމަށްވާ އެލިސާ ސްލޮޓްކިން އަދި މާކް ކެލީ، އަދި ރެޕްރެޒެންޓޭޓިވްސް ކަމަށްވާ ޖޭސީ ކްރޯ، މެގީ ގުޑްލޭންޑަރ، ކްރިސް ޑެލޫޒިއޯ، އަދި ކްރިސީ ހޫލަހަން އެވެ. މި 6 ކޮންގްރެސް މެމްބަރުންނަކީ ގައުމަށް ހިޔާނާތްތެރިވީ ބައެއް ކަމަށް ޓްރަމްޕު ވަނީ ސިފަކުރައްވާފައެވެ.

ޓްރަމްޕްގެ ސަރުކާރުގައި އައިސްގެ ސިއްރު ފުލުހުން ބޭނުން ކޮށްގެން އެމެރިކާ ރައްޔިތުންނަށް ފާރަވެރިވެ އަނިޔާވަމުންދާ މަންޒަރު ސިފަ ކުރެވެނީ ކުރިން ރޫސީވިލާތުގައި ކޭޖީބީން ކަންކުރި ގޮތާ އެއްގޮތަށެވެ. މި މެމްބަރުން ދައްކަވާފައިވާ ވާހަކަތައް ޓްރަމްޕް ވަނީ މީސްމީޑިއާގައި ހިއްސާކޮށް މިއީ ނުރައްކާތެރި ވާހަކަތަކެއް ކަމަށް ސިފަކުރައްވާފައެވެ.

މިކަމާ ގުޅިގެން އެމެރިކާ ކޮންގްރެސްގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުން ވަނީ ޓްރަމްޕްގެ މިވަހަކަތަކަކީ ބިރުވެރި އަދި ނުރައްކާތެރި ބަސްމަގެއް ކަމަށް ސިފަ ކުރައްވާފައެވެ. އަދި ކޮންގްރެސްގެ މެމްބަރުންގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކޮންގްރެސްއިން ވަނީ ވޮޝިންޓަނުގެ ކެޕިޓަލް ފުލުހުންނަށް އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް