މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު އަހުމަދު ޒިލާލުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް އޭނާ އިއުތިރާފްވެއްޖެއެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް އުފުލާފައި ވަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާއެވެ.
އެއީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިކަންދީފައިނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް ކަމާގުޅުން ހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ރޭ ބުނީ ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލާގައި އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި އޭނާ ހުށަހެޅިކަމަށެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުމެއް ނުހެދުމަށް ޕީޖީ އޮފީހުން ނިންމާފައިވާކަމަށް އެ އޮފީހުން ހާމަކުރިއެވެ.
އަދި މިދިޔަ ބުދަ ދުވަހި ބޭއްވުނު މައްސަލައިގެ އަޑުއެހުމުގައި ރައުދު ވަނީ ކުށަށް އިއުތިރާފުވެފައި ކަމަށްވެސް ޕީޖީ އިން ވަނީ ބުނެފައެވެެ.
ރައުދު ކުށަށް އިއުތިރާފްވެފައިވުމާއެކު އޭނާގެ މައްސަލަ ނިންމުމަށް އަވަސްނިޔާގެ އަޑުއެހުން މިމަހު 26 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ ކަށް ޕީޖީން ވަނީ ބުނެފައެވެ.
ރައުދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ރައުދު ކުށަށް އިއުތިރާފްވުމުން އޭނާގެ މައްޗަށް އެ އަދަބަށްވުރެ ލުއި އަދަބެއް ކަނޑައެޅިދާނެއެވެ.
މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ރައުދު މަހެއްހާ ދުވަހު ހައްޔަރުގައި ބަހައްޓާފައި ހުރުމާއެކު، އޭނާގެ މައްޗަށް އަންނަ ހުކުމެއްގެ އަދަބު ތަންފީޒުކުރާނީ އެ މުއްދަތު އުނިކުރުމަށްފަހުއެވެ. އެހެންކަމުން ރައުދުގެ މައްޗަށް އަންނަ ހުކުމް ތަންފީޒުކުރުމަށް ބަންދުގައި ހުންނަންޖެހޭ މުއްދަތު ކުރުވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު