ފުލުހުންގެ ބޮޑީވޯން ކެމެރާތަކުގެ ޕްރޮކިއުމަންޓާ ގުޅޭ މައްސަލާފައި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ޒެޓާ ޓެކްނޮލޮޖީސް އާއި ގުޅޭގޮތުން ދެއްކި ވާހަކަތައް ދެއްކީ ކަމުގެ މަޢުލޫމާތު ރަނގަޅަށް ނޭނގިހުރެ ކަމަށް ޒެޓާއިން ބުނެފިއެވެ.
ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއި އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނީ 19 ނޮވެންބަރު 2025 ގައި އޮތް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ 2 ގެ ބައްދަލުވުމުގައި ނާޒިމް، ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ދެއްކި ވާހަކަތަކަކީ ކަމުގެ ޙަޤީގަތް އޮޅޭގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
ކަން ހިނގާފައިވާގޮތް ހާމަކުރަމުން ޒެޓާއިން ބުނެފައިވަނީ 1400 ބޮޑީވޯން ކެމެރާ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދެވުނު ޓެންޑަރގައި ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ޓެންޑަރ އެވޯޑުނުކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން މައިގަނޑު ގޮތެއްގައި ނިންމާފައިވަނީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ޓެންޑަރ ކުރިއަށް ގެންދަން ނުފެންނާތީކަން އެނގޭއިރު، ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑު "ކޮލިފައި" ނުވާތީ، އެއް ވެރިން ހިމެނޭ ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑަށް މަސައްކަތް ޙަވާލުކޮށްގެން ގެންދިޔަކަމަށް ނާޒިމް ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް، ކަން ހިނގާފައިވަނީ އެ ގޮތަށް ނޫންކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ޓެންޑަރ އަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅައި އެކަން ކުރެވޭނެ މާލީ އަދި ފަންނީ ޤާބިލުކަން ހުރިކަން ސާބިތުކޮށްދިނުމުގެ ގޮތުން ލިޔެކިޔުން ހުށަޅައިފައިވާނެ ކަމަށާއި، އޭރު ހުށަހެޅި ޕްރޮޕޯޒަލަކީވެސް ފަސް އަހަރުގެ ޕޭމަންޓު ޕްލޭންއަކާ އެކު ދައުލަތަށް މާލީ ގޮތުން ލުއިވާނެ ގޮތަކަށް ހުށަހެޅި ޕްރޮޕޯޒަލެއް ކަމަށް ޒެޓާއިން ވަނީ ބުނެފައެވެ.
އަދި ޕްރޮކިއުމަންޓް މަސައްކަތާއި ކެމެރާގެ ޓްރަޔަލް ޕްރޮސެސް ކުރިއަށް ގެންގޮސްފައިވާ ޓައިމްލައިނާ ހޯދަން ބޭނުންވާ ބްރޭންޑުގެ ބޮޑީ ވޯން ކެމެރާ ފޯރުކޮށްދިނުމުގެ އެކްސްކްލޫޒިވް ރައިޓްސް ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ހޯދާފައިވާ ތާރީޚް ފުށުއަރާކަމަށް ނާޒިމް ފާހަގަކޮށްފައިވަނީ، ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައިފައިވާ އެކްސޮންގެ ސޯލް ޑިސްޓްރިބިއުޓަރޝިޕް ލިޔެކިޔުންތައް ރަނގަޅަށް ބެލުމެއްނެތިކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަކީ 2019 ވަނަ އަހަރުން ފެށިގެން އެކްސޮން އާއެކު ދިވެހިރާއްޖޭގައި ސޯލް ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި އަދި އެކްސޮންގެ ދިވެހިރާއްޖޭގެ އެކްސްކްލޫޒިވް ޑިސްޓްރިބިއުޓަރގެ ގޮތުގައި 24 އޮގަސްޓް 2020 ގައި އައްޔަންކޮށްފައިވާކަމަށެވެ.
ޒެޓާއިން ބުނީ 1400 ބޮޑީވޯން ކެމެރާ ހޯދުމަށް ކުރެވުނު ނަންބަރު އިއުލާނާއި 200 ބޮޑީވޯން ކެމެރާ ހޯދުމަށް ކުރެވުނު އިއުލާނުގެ ދަށުން ހުޅުވާލެވުނު ބީލަމަށް ކުރިމަތިލާފައިވަނީ ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ. އަދި 200 ބޮޑީވޯން ކެމެރާ ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި އޯޕަން ޓެންޑަރ ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން ކާމިޔާބުކޮށް ދިވެހި ފުލުހުންގެ ޚިދުމަތާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މަސައްކަތް ފުރިހަމަކޮށްފައި ވާކަމަށާއި، މި ބީލަން ކުރިއަށް ގެންދިޔުމުގައި އަދި އެވޯޑުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ހިނގާފައިނުވާކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ނިންމާފައިވެސް ވާކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ ފާހަަގަކޮށްފައެވެ.
މީގެ އިތުރުން 1200 ބޮޑީވޯން ކެމެރާ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދެވުނު ޓެންޑަރއަށް ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން ޕްރޮޕޯޒަލް ހުށަހަޅައި، އެ ޓެންޑަރ ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑަށް އެވޯޑުކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން ނިންމުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއެކު އެއްބަސްވުމުގައި ސޮއިކުރެވި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެންމެހައި ތަކެތި ފޯރުކޮށްދީ މަސައްކަތް ފުރިހަމަކޮށްފައިވާނޭ ކަމަށް ޒެޓާއިން ވަނީ ފާހަގަކޮށްފައެވެ.
މި މަސައްކަތްކުރުމަށް ހުށަހެޅިފައިވާ އަގުގެ ތެރޭގައި 1200 ބޮޑީ ވޯން ކެމެރާ އަދި ގުޅުންހުރި އާލާތްތައް ފޯރުކޮށްދިނުމަށާއި، 1200 ބޮޑީ ވޯން ކެމެރާ އަދި ހާރޑްވެއަރ އަށް 3 އަހަރުގެ ވޮރެންޓީ ފޯރުކޮށްދިނުމަށާއި، ޑިޖިޓަލް އެވިޑެންސް މެނޭޖްމަންޓް ސިސްޓަމާއި އަދި ކެމެރާއާ ގުޅުންހުރި ލައިސެންސް އަދި މެއިންޓަނަންސް އަދި ސަޕޯޓް 4 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދިނުމަށާއި ބޮޑީ ވޯން ކެމެރާ ލައިވް ސްޓްރީމް މެދުކެނޑުމެއްނެތި ބޭނުންކުރެވޭގޮތަށް އިންޓަރނެޓްގެ ޚަރަދުތަކާއި ކެމެރާ ބޭނުންކުރުމާ ގުޅޭ އެންމެހާ ތަމްރީނުތައް ދިނުން ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.
"ބޮޑީވޯން ކެމެރާ ހޯދުމަށް ކުރިއަށް ގެންދެވުނު ޓެންޑަރއަށް ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ އެސްޓިމޭޓުގައި ލަފާކޮށްފައިވަނީ 48 މިލިއަން ރުފިޔާ ކަމަށާ އެހެން ނަމަވެސް ކަން ނިމުނުއިރު ހުށަހަޅާފައިވަނީ ގާތްގަނޑަކަށް 66 މިލިއަން ރުފިޔާ ކަމަށާއި، ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ އިތުރުވުފައިވާ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެފައިވޭ، މިއީ ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް ހާމަކޮށްފައިވާ ވާހަކައެއް، ބޮޑީވޯން ކެމެރާ ހޯދުމަށް ހުޅުވާލެވުނު އެއްވެސް ބީލަމަކަށް ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތުގެ އަގުގެ ގޮތުގައި 48 މިލިއަން ރުފިޔާ ހިމަނާ އެއްވެސް އިރަކު ޕްރޮޕޯޒަލެއް ހުށަހަޅާފައިނުވާނެ" ޒެޓާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެކަން އިތުރަށް ތަފުސީލުކޮށްދެމުން ޒެޓާއިން ބުނީ 1200 ބޮޑީވޯން ކެމެރާ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދެވުނު ޓެންޑަރގައި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން މަސައްކަތުގެ އަގުގެ ގޮތުގައި ޓެކްސް ހިމެނޭ ގޮތަށް ހުށަހަޅައިފައިވަނީ 66.4 މިލިއަން ރުފިޔާ ކަމަށާއި އެ އަދަދަށް އެއްވެސް ބަދަލެއް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންވެސް އަދި ފަހުންވެސް އައިސްފައިނުވާކަމަށެވެ.
އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް އަގު އަދާކުރުމަށް ލުއި ފަސޭހަ ގޮތެއް ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަމަޖައްސައިދީ، 4 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން އަގު އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާނެ ކަމަށާއި އެއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައިވެސް ކުރިއާލާ ފައިސާއެއް ދައްކަން ނުޖެހި ހުރިހާ ޚިދުމަތެއް ލިބި، މިފަދަ ލުއިފަސޭހަ ގޮތަކަށް އަގު އަދާކުރުމަށް އެއްބަސްވެވިފައިވާ ފުރަތަމަ ފަހަރުކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށްވެސް ޒެޓާއިން ވަނީ ބުނެފައެވެ.
އަދި މި ތަކެތި ފޯރުކޮށްދީފައިވަނީ އެއްވެސް އެޑްވާންސް ފައިސާއެއް ނެގުމަކާނުލައި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އެންމެހައި ތަކެތި ފޯރުކޮށްދިނުމަށްފަހުގައި ކަމަށާއި، މި އެއްބަސްވުމުގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށްފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގައިކަމަށަވެސް ޒެޓާއިން ވަނީ ފާހަގަކޮށްފައެވެ.
ޒެޓާގެ ނޫސްބަޔާނުގައި ބުނެފައިވަނީ ވަކި މީހަކަށް ނާޖައިޒު މަންފާއެއް ހޯދައިދީ ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން އަމަލުކޮށްފައިވާކަން ހާމަވާފަދަ މޭރުމަކުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ ވާހަކައިން ތުހުމަތުކޮށްފައިވާތީ، އެއީ ކަމުގެ މަޢުލޫމާތު އެންމެ ރަނގަޅަށް ލިބިފައިނެތި، ދައްކާފައިވާ ވާހަކައެއްކަމުގައި ދެކޭކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީގައި މައްސަލަ ބަަލައި ދިރާސާކުރި މުއްދަތުގައި ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑްގެ އެއްވެސް ބަހެއް ހޯދާފައިނުވާކަންވެސް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
"ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑް، މި ދެ ކުންފުންޏަކީވެސް، އުފެދުނީއްސުރެ މިހާތަނަށްވެސް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރަމުން އަންނަ ކުންފުނިތަކެއްކަމަށާ އެއްވެސް ފަރާތަކަށް ނާޖައިޒު މަންފާއެއް ހޯދައިދީ އަދި އެހެންވެސް ގޮތަކަށް މުޤާބިލެއް ދީގެން އެއްވެސް މަސައްކަތެއް ކުރުމުގެ އެއްވެސް ނިޔަތެއް ނެތްއިރު، ޓެންޑަރ އުސޫލުން ހިންގާ ހުރިހާ މަސައްކަތެއްވެސް ކާމިޔާބުކޮށްފައިވަނީ އެ އޮންނަ އުސޫލުގެ ތެރެއިންކަމުގައި ފާހަގަކުރަން" އެ ކުންފުނިން ނެރުނު ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ޒެޓާއިން ބުނީ އެފަދައިން ހަވާލުވާ ކޮންމެ މަސައްކަތެއްވެސް އެއްވެސް މައްސަލައެއް ނުޖެހި އެއްބަސްވުމާ އެއްގޮތަށް ފުރިހަމަކޮށްފައިވާނެ ކަމަށެވެ. އަދި ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން، މިއަދާ ހަމައަށް އަޅާފައިވާ ވިޔަފާރީގެ ކާމިޔާބު ބިންގާ އެއްވެސް ސަބަބަކާ ނުލައި ކުންފުނީގެ އަގު ވެއްޓިގެންދާ ގޮތަށް ވާހަކަ ދެއްކުމަކީ ނުހަނު ކަންބޮޑުވާ ކަމަކަށްވާތީ އަދި ކުންފުނީގެ ވިޔަފާރިއަށް ނުރަނގަޅު އަސަރު ފޯރާނެކަމެއް ކަމަށް ދެކޭތީ، ޙަޤީޤަތް އޮޅޭ ގޮތަށް މަޢުލޫމާތު ހާމަނުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު