ވިލިމާލެ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުއްޓައި 31 ސިނގިރޭޓު ކާޓޫން ގެއްލުނު މައްސަލައެއްގައި ޖިނާއީ ތަހުގީގެއް ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން އަތުލައިގަތް 32 ކާޓޫން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓު މަދުވެފައިވާ ކަމަށެވެ. މި ތަކެތި މަދުކަން އެނގިފައިވަނީ، މިމަހުގެ 12 ވަނަ ދުވަހު ކަސްޓަމްސްއާ ހަވާލުކުރުމަށްޓަކައި ބެލި އިރަށް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދަނިކޮށް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި އިތުރު ސިނގިރޭޓުތަކެއް ވެސް މަދުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓޫން ސިނގިރޭޓު މަދުވެފައިވާކަން ވެސް ވަނީ އެނގިފައެވެ. މި ދެ ހާދިސާގައި ޖުމްލަ 31 ސިނގިރޭޓު ކާޓޫން މަދުވެފައިވެއެވެ.
ފުލުހުން ބުނީ، މި ދެ މައްސަލައާ ގުޅިގެން އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި، އަދި މި މައްސަލައިގެ ޖިނާއީ ތަހުގީގު ވެސް ވަކި މައްސަލައެއްގެ ގޮތުގައި ކުރިއަށްދާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލޭ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިހުރި 30،000 ޑޮލަރު ގެއްލުނު މައްސަލައެއް އޮގަސްޓް މަހު ފެންމަތިވި އެވެ. އެ މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާއިރު، އެ ފައިސާ ފެނިފައެއްވެސް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު