ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން
ޑްރަގް ކެފޭއަކުން 2 މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލ. ކަލައިދޫ، ގަހާ، މުޙައްމަދު ޒަޔާން ޙުސައިން، 22، އާއި ފުވައްމުލައް، މިސްކިތްމަގު، ޖާދޫގޭ، އަޙްމަދު ޝާރިން ޝާހިދު، 20، ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކްރިމިނިލް ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފަ އެވެ.

އެ މީހުންގެ ބަންދު އަމުރުގައި ވާގޮތުން، ދެ މީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ މަސްތވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.

މި ދެމީހުން ހައްޔަރު ކޮށްފައިވާއިރު، މަސްތުވާތަކެއްޗާ ދެކޮޅަށް މިދިޔަ ހަފުތާގެ ތެރޭގައި ފުލުހުން "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި ބޮޑު އޮޕަރޭޝަނެއް ފަށާފައިވެ އެވެ. އަދި އެ އޮޕަރޭޝަން ފެށި ދުވަހު ސަތޭކައެއްހާ މީހުން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އޮޕަރޭޝަނާ ބެހޭ އިތުރު ތަފުސީލުތަކެއް ފުލުހުން ފަހުން ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް