ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، އެ މުއައްސަސާއިން މިއަދު ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާ މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ފުލުހުން މިއަދު ވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ގަވައިދާ ޚިލާފަށް އެތެރެކުރި ކަމަށް ތުހުމަތުކުރެވިގެން ވިލިމާލެ ޕޮލިސް ސްޓޭޝަންފެ ބެލުމުގެ ދަށުގައި ހުރި 32 ކާޓަންގެ ތެރެއިން ހަ ކާޓަން ސިނގިރޭޓާއި، މިދިޔަ އަހަރުގެ ޑިސެމްބަރު 23ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި، 25 ކާޓަން ސިނގިރޭޓެވެ. މި ތަކެތި ގެއްލިފައިވާކަން ފުލުހުންނަށް އެނގުނީ، މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ.
މި މައްސަލަތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެ އިދާރާގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ހިލާފު ކޮންމެ ކަމަކީ ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށާއި، މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ އަހުލާގައި ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެއްކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
"ވީމ،ާ މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން މި ހިދުމަތުން ކުރާނެ ވާހަކަ ދަންނަވަން" ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.
ފުލުހުން ބުނީ އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް، އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް އެ އިދާރާއިން ފުރުސަތު ނުދޭނެ ކަމަށެވެ.
އަދި ފުލުހުންގެ ހުރިހާ މުވައްޒަފުންނަކީ ވެސް ޖަވާބުދާރީވުމާއި ނަޒާހާތްތެރިކަން ހިފަހައްޓައި، ސާބިތުކަމާ އެކު ދެމިތިބޭ އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ އެ މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކުރަމުން އަންނަ މައިގަނޑު އަމާޒު ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ފުލުހުން ބުނީ ސިނގިރޭޓުތައް ގެއްލުނު މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަތައް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މިހާރު ބަލަމުން ގެންދާ ކަމަށެވެ. އަދި ހަމަ އެއާއެކު ވަކި މައްސަލަތަކެއްގެ ގޮތުގައި ޖިނާއީ މައްސަލަތައްވެސް ބަލަމުން ގެންދާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު