ފުލުހުންގެ ހިދުމަތް-
ފުލުހުންގެ ހިދުމަތް-
ފުލުހަކު ކުޑަކުއްޖަކަށް އަނިޔާވެދާނެ ގޮތަކަށް އަމަލުކޮށް ބިރު ދެއްކި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ދެކުނަށް ނިސްބަތްވާ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން، އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ އަމަލެއްކޮށް ބިރުދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން މި މައްސަލައިގެ ޖިނާއީ ބައި، ފުލުހުން ތަހުގީގުކުރަމުންދާ ކަމަށާއި، އަދި ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކަށް ވުމާއެކު، އިދާރީ މައްސަލަ ފުލުހުންގެ 'ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން' ބަލަމުންދާ ކަމަށް ފުލުހުން ހާމަކުރިއެވެ.

މި މައްސަލައަކީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ ކަމަކަށްވުމުން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް