އަމީނިއްޔާގެ ނަމުގައި ފޮނުވަމުންދާ ސްކޭމް މެސެޖު-
އަމީނިއްޔާގެ ނަމުގައި ފޮނުވަމުންދާ ސްކޭމް މެސެޖު-
އަމީނިއްޔާ ސްކޫލުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ އަމީނިއްޔާގެ ނަމުގައި ކަސްޓަމްސްގައި އޯޑަރެއް ހިފަހައްޓާފައިވާ ކަމަށް ބުނެ ލިންކެއް ފޮނުވަމުން އަންނަ ކަމަށެވެ.

އެގޮތުން ސްކޭމަރު ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ އެޓޭޗްކޮށްފައިވާ ލިންކުން ޕޯސްޓަށް ފައިސާ ދެއްކުމުން ނޫނީ އޯޑަރު ކަސްޓަމަރުގެ އަތަށް ނާރާނެ ކަމަށެވެ.

ފުލުހުން ބުނީ، އަމީނިއްޔާ އާއި އެހެނިހެން ރެންޑަމް ނަންނަމުގައި މިފަދަ މެސެޖުތައް ލިބެމުން އަންނަކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިގޮތުން އަމީނިއްޔާގެ ނަމުގައި ދައުރުވަމުން އަންނަ އެ މެސެޖުގެ ވީޑިއޯ ހިއްސާކޮށް ފުލުހުން ބުނީ އެ ލިންކަށް ފިތާލުމުން ބޭންކު ކާޑުގެ މައުލޫމާތު ސްކޭމަރަށް ލިބޭނެ ކަމަށެވެ.

އެހެންކަމުން މެސެޖުގައިވާ ލިންކަށް ފިތާނުލުމުށާއި، މެސެޖު ލިބޭއިރަށް ވަގުތުން ސްޕޭމްގެ ގޮތުގައި ރިޕޯޓުކޮށް ޑިލީޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް