ފުލުހުންގެ ވެހިކަލެއް
ފުލުހުންގެ ވެހިކަލެއް
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންތަކެއް އެހެން ކުޑަ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި، އަތޮޅުތެރޭގެ ރަށެއްގައި ތިބޭ ކުދިންތަކެއް، އެ ރަށުގެ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލައެއް އިއްޔެ 18:35 ހާއިރު ރިޕޯޓުކުރި ކަމަށެވެ.

މިކަމާ ގުޅިގެން ޢާއިލީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވަނީ ބުނީ އެފަދަ މައުލޫމާތެއް ލިބިފައިވާތީ، ކަމާ ގުޅުންހުރި ކަންކަން ބެލުމަށްފަހު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

މި ޙާދިސާގައި އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ މީސްމީޑިއާގައި ބުނީ އޭނާގެ ދަރިއަށް ސިނގިރޭޓު ދޭން މަސައްކަތްކޮށް، އެ ކުދިންތައް ވަނީ އޭނާގެ ދަރީގެ ގައިގައި ސިނގިރޭޓު ޖެއްސުމަށް ވެސް މަސައްކަތްކޮށްފައި ކަމަށެވެ. އަދި އެކަން އެހެން މީހަކާ ހިއްސާކޮށްފިނަމަ، މިހާރަށްވުރެ ބޮޑު އަނިޔާއެއް ލިބޭނެކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

މި މައްސަލާގައި ފުލުހުން ބުނީ، އެ މައްސަލަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް