ހައި ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލަށް ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ކުރެވޭތީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަތައް ބަލަން ފަށައިފިއެވެ.
އޭސީސީން ބުނީ ފަނޑިޔާރު ފައިސަލްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި، މަނީ ލޯންޑަރިންގެ މައްސަލަ ބަލަން ހުށައެޅީ ފުލުހުން ކަމަށާއި، މިހާރު އެ މައްސަލަތައް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ހައިކޯޓުގެ ފަނޑީޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވި ސަބަބެއް ހާމަނުކުރެއްވި ނަމަވެސް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ ސުލޫކީ މައްސަލައެއް ދަނީ ބަލަމުންނެވެ.
ފައިސަލްގެ އިތުރުން ޖޭއެސްސީން ދަނީ ހައިކޯޓުގެ އިތުރު ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަމުންނެވެ.
އެއީ ޖޭއެސްސީގެ ނައިބު ރައީސްކަމުން މިފަހުން އިސްތިއުފާ ދެއްވައި، ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވާ ފަނޑިޔާރު މުހައްމަދު ނިޔާޒު އާއި ފަނޑިޔާރު ފާތިމަތު ފަރްހީޒާ، ފަނޑިޔާރު ހުސައިން މަޒީދު، އަދި ފަނޑިޔާރު ދީބާނާޒު ފަހުމީ އެވެ.

ކިޔުންތެރިންގެ ހިޔާލު