އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުން ނިންމަވާލައްވަމުން ފައްޔާޒު ވިދާޅުވީ، ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެފައިވަނީ، ވާދަވެރި އެތެރޭގެ އިންތިހާބަކަށްފަހު 2022 މޭ 14 ގައެވެ.
ފައްޔާޒްގެ އަރިސް ބޭފުޅަކު މިރޭ ވިދާޅުވީ، ޗެއަރޕާސަންގެ މަޤާމުން ފައްޔާޒް އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރެއްވުމަށްޓަކައި ޕާޓީގެ ކަންކަން ހިންގުން އަމާންކަމާއެކު ކުރިއަށް ގެންދެވުމަށް ކަމަށެވެ.
ފައްޔާޒްގެ އިސްތިއުފާގެ ސިޓީ މިހާރު ޢާއްމުވެފައި ވާއިރު އެސިޓީގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ ވަރަށް ފޮނި އުންމީދުތަކާއެކު ކަމަށެވެ. ނަމަވެސް ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ އޭނާ ނޫނަސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް ޕާޓީގެ އިސް ސަފުގައި ތިއްބެވި ކަމަށާއި، އެއާއެކު ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތައް ކުރިމަތިވާ ކަމަށެވެ.
އަދި މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވީއިރު ޕާޓީ އޮތީ ނުތަނަވަސް ކަމުގެ ތެރޭގައި ކަމަށް ފައްޔާޒުގެ ސިޓީގައި ފާހަގަކުރެއްވި އެވެ. އެ އިންތިހާބުގައި ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅިގެން އުފައްދާ ކޯލިޝަނަކުން ގޮނޑިތަކަށް ވާދަކުރުމަށް ހުށަހެޅުމުން އެ ހުށަހެޅުމަށް ތާއީދު ނުލިބުނު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒްގެ ސިޓީގައި ރައީސް ނަޝީދާއި، ރައީސް ޞާލިޙްގެ ސިޔާސީ ވާދަވެރިކަމުގެ ނަތީޖާއަކީ ފަހުން ހިތާމަކުރަން ޖެހިދާނެ ހާލަތެއް މެދުވެރިވެ، ޕާޓީ އާއި މުޅި ގައުމުގެ ކުރިމަގަށް ވެސް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ޙާލަތެއް ވުޖޫދުވުން ކަމަށް ސިފަ ކުރަށްވާފައިވެއެވެ.
ފައްޔާޒު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުންގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައާއި އާންމު މެންބަރެއްގެ ގޮތުގައި ޕާޓީއަށް ކުރިއެރުން ހޯއްދަވައި ދެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު