ވިއްކުން މަނާކުރި ޕޯމިއުލާ-
ވިއްކުން މަނާކުރި ޕޯމިއުލާ-
އެމެރިކާގައި އުފައްދާ ކުޑަކުދިންނަށް ދޭ ފޯމިއުލާއަކުން ޖަރާސީމެއް ފެނުމާއި ގުޅިގެން ރާއްޖެ އެތެރެ ކުރުމާއި ވިއްކުން  މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އުފައްދާފައިވާ އިންފެންޓް ފޯމިއުލާއެއް ކަމަށްވާ "ބައި ހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ" އިން 'ކްލޮސްޓްރިޑިއަމް ބޮޓުލިނަމް' ޖަރާސީމު ފެނިފައި ވާކަމަށެވެ.

އެ އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުމަށާއި، އެ ޕްރޮޑަކްޓު ނައްތާލުމަށް ޔޫ.އެސް އެފް.ޑީ.އޭ އިން އަންގާފައިވާކަން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވާރކް މެދުވެރިކޮށް އެމްއެފްޑީއޭ އަށް ހިއްސާކޮށްފައިވާކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން މިއަދުން ފެށިގެން އެ އުފެއްދުން ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް