އެމްޑީޕީގެ ގައުމީ މަޖިލީސް ބައްދަލުވުމެއްގެ ތެރެއިން-
އެމްޑީޕީގެ ގައުމީ މަޖިލީސް ބައްދަލުވުމެއްގެ ތެރެއިން-
އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ކަނޑައެޅުން އެ ޕާޓީގެ ގައުމީ މަޖިލީހަށް ދޫކޮށްލައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވަމުން ގެންދިޔަ ފައްޔާޒު އިސްމާއިލް ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ މަގާމުން އިސްތިއުފާ ދެއްވާފައެެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ފައްޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީގެ ހިންގުން ކުރިއަށް ގެންދާނެ ގޮތާއި އަދި މި ހިނދަށް ކޮންމެހެން ހަމަޖައްސަން ޖެހޭ ކަންކަމާމެދު ޕާޓީގެ ލީޑާޝިޕްގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށެެވެ.

އެ ބައްދަލުވުމުގައި ލަފާދީފައިވަނީ، ލީޑާޝިޕުން ވަކި ގޮތްތަކެއް ނިންމުމުގެ ބަދަލުގައި، ދެންނެވުނު ދެ މައްސަލައާމެދު ގައުމީ ހިންގާ ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، އެ ކޮމިޓީން ނިންމާ ގޮތެއް ގައުމީ މަޖިލީހަށް ހުށަހެޅުމަށްކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މި މައްސަލަތަކާމެދު ގޮތެއް ނިންމުމަށް ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު ޕާޓީގެ ސެކްރެޓޭރިއަޓްގައި ބާއްވާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

"މި ބައްދަލުވުމުގައި، ގައުމީ ހިންގާ ކޮމިޓީން ނިންމައިފައިވަނީ، ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބު ކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް، ގައުމީ މަޖިލީހުން ކަނޑައަޅާ ފަރާތަކާ ވަގުތީގޮތުން ހަވާލު ކުރުމަށާއި އަދި، ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް، ވަރަށް އަވަހަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް ހުށަހެޅުމަށް" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް