އިރުމަތީ އަފްޣާނިސްތާނަށް، ޕާކިސްތާން ސިފައިން ދިން ކަމަށް ތުހުމަތު ކުރެވޭ ވައިގެ ހަމަލާއެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ތާލިބާންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވަނީ، ޕާކިސްތާން ސިފައިން ޚޯސްތު ޕްރޮވިންސްގެ ގޯބުޒް ޑިސްޓްރިކްޓަށް ރޭގަނޑު ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
އޭނާ ބުނީ މި ހަމަލާ އަމާޒުވެފައި ވަނީ އާންމު ރައްޔިތެއްގެ ގެއަށް ކަމަށާއި، ޙާދިސާ ގައި، ނުވަ ކުދިން (ފަސް ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިން) އާއި އަންހެނަކު މަރުވެ، ގެ ހަލާކުވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ކުނާރު އަދި ޕަކްޓިކާ ޕްރޮވިންސްތަކަށް އިތުރު ހަމަލާތައް ދީފައިވާ ކަމަށާއި، އެތަންތަނުން ހަތަރު އާންމު ރައްޔިތުންނަށް އަނިޔާވެފައިވާ ކަމަށް މުޖާހިދު ވަނީ ބުނެފައެވެ.
މިހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަފްޣާނިސްތާނުގެ ތުހިމަތުތައް ދޮގުކޮށްފައެވެ.
އަފްޣާނިސްތާނަށް ހަމަލާތައް އަމާޒު މިވީ، ޕެޝާވަރުގައި ޕާކިސްތާނުގެ ޕެރަމިލިޓަރީ ފެޑެރަލް ކޮންސްޓަބިއުލަރީގެ މައި މަރުކަޒަށް ތިން މީހަކު ޖާނުން ފިދާ ވެގެން ހަމަލާ ދިންތާ އެއް ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު