ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އެ މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފާސްކޮށްފިއެވެ.
ޖޭއެސްސީން ބުނީ، މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް ގާޒީ ފާއިޒް އަމަލުކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. މިކަމަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށް ޖޭއެސްސީން ފާހަގަ ކޮށްފައިވެއެވެ.
މި ނިންމުން ނިންމިއިރު ފާއިޒް ހުންނެވީ 60 ދުވަހުގެ ސަސްޕެންޝަނެއްގައެވެ. މީގެ ކުރިން 2021 ވަނަ އަހަރު ވެސް އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ލީކުވި އޯޑިއޯތަކާ ގުޅިގެން ސަސްޕެންޑު ކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި އޭނާގެ އަޑު ދިމާނުވާތީ އެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.
ފާއިޒް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ބަދަލުކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ސިވިލް ކޯޓުގެ ގާޒީކަމުގެ މަޤާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު