މަރްޔަމް ނަހްދާ ވަޙީދު   27 ނޮވެމްބަރު 2025 - 6:29
ކޮފީ ސްކްރަބް ބޭނުން ކުރުން-
ކޮފީ ސްކްރަބް ބޭނުން ކުރުން-
ރީތި، އުޖާލާ ހަންގަނޑެއް ބޭނުން ނުވާނެ މީހަކު މަދުވާނެއެވެ. ގިނަ މީހުން ދއކޭ ގޮތުގައި ހަންގަނޑު ރީތި ކުރުމަށްޓަކައި އަގުބޮޑެތި ކްރީމްތަކާއި ޕްރޮޑަކްޓްތަކަށް ހޭދަކުރަންޖެހެއެވެ. ނަމަވެސް ހަގީގަތުގައި ގޭގައި ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެންވެސް ހަންގަނޑަށް ބޭނުންވާ ފަރުވާ ދެވިދާނެއެވެ. މިފަހަރު މި ހިމަނާލަނީ ހަންގަނޑު ރީތިކޮށް، ސާފުކުރުމަށް ގޭގައި ކުރެވިދާނެ މުހިންމު 3 ކަމެވެ.

ހަންގަނޑު ރީތިކުރުމަށް ކުރެވިދާނެ އެންމެ ފަސޭހަ އަދި އެންމެ އަސަރުގަދަ ކަންތައްތަކުގެ ތެރޭގައި ފެން ބުއިން ހިމެނެއެވެ. އަހަރެމެންގެ ހަށިގަނޑުގެ ބޮޑުބައެއް އެކުލެވިގެންވަނީ ފެނުންކަމަށްވާއިރު، ހަމައެގޮތަށް ހަންގަނޑުގެ ސެލްތަކަށްވެސް ފެނަކީ ކޮންމެހެން ބޭނުންވާ އެއްޗެކެވެ. ފުދޭވަރަކަށް ފެން ނުބޮއިފިނަމަ، ހަންގަނޑު ހިކި، އޮފު ކެނޑި، މުސްކުޅިވުމުގެ އަލާމާތްތައް ފެންނަން ފަށައެވެ. ދުވާލަކު މަދުވެގެން 8-10 ތަށި ފެން ބުއިމަކީ ހަންގަނޑު ތާޒާކޮށް، އުޖާލާކޮށް އަދި މަޑުކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. ފެނަކީ ހަށިގަނޑުން ބޭކާރު މާއްދާތައް ބޭރުކޮށްލުމަށްވެސް އެހީތެރިވާ އެއްޗެއް ކަމުން، ހަންގަނޑުގައި ބިހި ނެގުން ފަދަ މައްސަލަތައް މަދުކުރުމަށްވެސް އެހީތެރިވެދެއެވެ.

އެލޮވީރާ އަކީ ގަސްގަހާގެހި ދިރާސާކުރާ މާހިރުން ހަމުގެ ފަރުވާއަށް އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތެވެ. އެލޮވީރާގައި ހަންގަނޑު ތެތްކޮށްދޭ، ދުޅަހެޔޮކޮށްދޭ، އަދި ހަންގަނޑުގެ ބައެއް މައްސަލަތައް ރަނގަޅުކުރުމަށް އެހީތެރިވާ ގިނަ މާއްދާތައް އެކުލެވިގެންވެއެވެ. ތާޒާ އެލޮވީރާގަނޑެއް ނަގައި އެތެރޭގައި ހުންނަ ޖެލީ ނެގުމަށްފަހު ސީދާ ހަމުގައި އުނގުޅާލެވިދާނެއެވެ. މިއީ ހަންގަނޑު ހިކިވުމުން، ނުވަތަ ސަން ބާން ވުމުން ނުވަތަ ބިހި ނެގުމުން ބޭނުން ކުރެވޭނެ ރަނގަޅު ފަރުވާއެކެވެ.

ހަންގަމޑު ރީތި ކުރުމަށް ދެން ކުރެވޭނެ ކަމަކީ ކޮފީ ސްކްރަބް ބޭނުން ކުރުމެވެ. ކޮފީ ބޭނުންކޮށްގެން ހަންގަނޑަށް ވަރަށް ފަސޭހައިން ގޭގައި ސްކްރަބްއެއް ތައްޔާރުކުރެވިދާނެއެވެ. މީގެއިން ހަންގަނޑުގައި ހުންނަ މަރުވެފައިވާ ސެލްތައް ފިލުވާލައި، ހަންގަނޑު އޮފްކޮށްލުމަށް އެހީތެރިވެދެއެވެ. ކޮފީ ސްކްރަބް ހެދުމަށްޓަކައި، ކޮފީ ޕައުޑަރުގެ ތެރެއަށް މާމުއިކޮޅެއް އެޅުމަށްފަހު އެއްކޮށްލާނީއެވެ. އެއަށްފަހު މި ހަށިގަނޑުގައި އުނގުޅުމަށްފަހު، 5 މިނެޓު ވަންދެން ބަހައްޓާނީއެވެ. އެއަށްފަހު ރަނގަޅަށް ސްކްރަބް ކުރުމަށްފަހު ދޮވެލާނީއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް