އިނގިރޭސި ޕްރިމިއަރ ލީގުގައި ޖެމީ ވާޑީގެ ހެޓްރިކްއާއެކު ލެސްޓާ ސިޓީ އިން މެންޗެސްޓާ ސިޓީ ލަދުގަންނަވާލައިފިއެވެ. މި މެޗު ލެސްޓަރ ކާމިޔާބު ކުރީ 5-2 އިން ނެވެ.
ލެސްޓަރ މި މެޗު ކާމިޔާބު ކޮށްފައިވަނީ، މެޗުގެ ފުރަތަމަ ހަތަރުވަނަ މިނެޓުގައި މެންޗެސްޓަރ ސިޓީން ގޯލެއް ޖަހައި ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައެވެ. މި ގޯލު ސިޓީ އަށް ކާމިޔާބު ކޮށްދިނީ ކުރީގެ ލެސްޓާ ސިޓީގެ ކުޅުންތެރިޔެއް ކަމަށްވާ ރިޔާޑް މަހްރޭޒްއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވާޑީ އަށް އޭރިއާ ތެރެއިންކުރި ފައުލް އަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ވާޑީ ވަނީ ލެސްޓާ އަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ.
ދެވަނަ ހާފު ފަށައިގެން މާގިނަ އިރުތަކެއް ނުވަނީސް ވާޑީ ވަނީ ދެވަނަ ގޯލެއް ޖަހައި ލެސްޓާ އަށް ކުރި ހޯދައިދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އޭރިއާ ތެރެއިން ވާޑީ އަށް ކުރި ފައުލް އަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ގޯލަށް ޖަހައި ވާޑީ ވަނީ ހެޓްރިކް ހަދައިފައެވެ. ލެސްޓާގެ ހަތަރުވަނަ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖޭމްސް މެޑިސަންއެވެ.
މެޗު ނިމެން ކައިރިވެފައި ވަނިކޮށް ސިޓީގެ މަހްރޭޒް ނެގި ކޯނަރެއް ގޯލަކަށް ބަދަލުކޮށްލީ ޑިފެންޑަރު އަކޭ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން މެޑިސަން އަށް ކުރި ފައުލަކާއި ގުޅިގެން ލެސްޓާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޓެލިމަންސް އެވެ. މި ބައްޔާއެކު ސިޓީ މިވަގުތު އޮތީ ޓޭބަލްގެ 13 ވަނައިގައެވެ.
ޓޮޓެންހަމް އާއި ނިއުކާސަލްގެ ކުރިމަތިލުން ނިމުނީ އެއްވަރުވެގެން
ރޭ ޓޮޓެންހަމް އާއި ނިއުކާސަލް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ނިއުކާސަލް ވަނީ ޓޮޓެންހަމްއާ އެއްވަރުކޮށްފައެވެ.
މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރި ހޯދީ ޓޮޓެންހަމްއެވެ. ޓޮޓެންހަމް އަށް ގޯލު ޖަހައި ލީޑު ހޯދައިދިނީ މެޗުގެ 25 ވަނަ މިނެޓްގައި ހެރީ ކޭންގެ އެހީތެރިކަމާއެކު ލޫކަސް މޯރާ އެވެ. ނަމަވެސް މެޗު ނިމެން ދަނިކޮށް އެންޑީ ކެރޮލް ބޮލުން ޖެހި ބޯޅައެއް ޓޮޓެންހަމްގެ އެރިކް ޑަޔާ ގެ އަތުގައި އޭރިއާ ތެރެއިން ޖެހުމުން ވީ އޭ އާރް ބެލުމަށްފަހު ރެފްރީ ވަނީ ޕެނަލްޓީ ދީފައެވެ.
ކެލަމް ވިލްސަން މި ޕެނަލްޓީ ގޯލަށް ފޮނުވާލުމާއެކީ މެޗު ވަނީ ނިމިފައެވެ. މި މެޗުގައި ނިއުކާސަލްގެ ކީޕަރު ޑާލޮވް ވަނީ 11 ސޭވް ކޮށްފައެވެ. މެޗު ނިމުމުގެ ކުރިން ޓޮޓެންހަމްގެ ކޯޗް މޮރީނިއޯ ވަނީ ބެންޗް ދޫކޮށް ގޮސްފައެވެ.
ވެސްޓްހަމް - ވުލްވްސް ގެ ކުރިމަތިލުން 4-0 އިން ކާމިޔާބުކުރީ ވެސްޓްހަމް
ރޭ ކުޅެވުނު ވެސްޓް ހަމް އާއި ވުލްވްސްގެ މެޗް ކާމިޔާބުކޮށް ވެސްޓްހަމް ވަނީ މި ސީޒަނުގައި ލީގުގައި ފުރަތަމަ މޮޅު ހޯދައިފައެވެ.
މި މެޗުގައި ޖެރެޑް ބޮވެން ދެ ގޯލް ޖަހާފައި ވާއިރު ފުރަތަމަ ގޯލު ޖަހައިފައި ވަނީ ފުރަތަމަ ހާފުއެވެ. ދެވަނަ ގޯލު ޖަހައިފައި ވަނީ ދެވަނަ ހާފުއެވެ. މެޗުގެ ތިން ވަނަ ގޯލު ވުލްވްސް ގެ ފޯވާޑު ހިމެނޭޒް އަތުން ބައިކޮޅަށް ވަދެފައިވާއިރު، ފަހު ގޯލު އިތުރު ވަގުތުގައި ޖަހައިފައިވަނީ ހޯލާ އެވެ.
ވުލްވްސް އާއި ވެސްޓް ހަމް އެންމެ ފަހުން ބައްދަލުކުރި ހަތަރު މެޗުވެސް ވުލްވްސް ކާމިޔާބު ކޮށްފައިވާއިރު މި މެޗުތަކުގައި ވެސްޓްހަމް އަކށް އެންމެ ގޯލެއްވެސް ޖެހިފައެއް ނުވެއެވެ.
އިނގިރޭސި ލީގުގައި މިރޭވެސް ފޯރިގަދަ މެޗްތަކެއް ކުލޭނެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިރޭ ރާއްޖެ ގަޑިން 00:00 ގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރާ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު