އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވުމަށް ރޭ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާ ހޫނުވެ ކުރިއަށް ނުގެެންދެވިގެން ހުއްޓާލައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުން ފައްޔާޒު އިސްމާއިލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ޗެއަރޕާސަނެއް ހޮވުމަށް ރޭވަނީ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެވެ.
އެގޮތުން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވަހީދުގެ ނަން ހުށައަޅައި ވޯޓަށް އެހުމުން އޭނާ އަށް ލިބުނީ 47 ވޯޓެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް މީހަކު އައްޔަން ކުރުމަށް 48 ވޯޓު ބޭނުންވާއިރު، އެންމެ ވޯޓެއް މަދުވުމުން އޭނާގެ ނަން ފާހެއްނުވި އެވެ.
އޭގެފަހުން އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރ މުޙައްމަދު ރަޝީދު (ބިގޭ) ވަނީ ޗެއަރޕާސަންގެ މަޤާމަށް މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމްގެ ނަން ހުށަހަޅަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އަސްލަމަކީ ގައުމީ މަޖިލިހުގެ މެންބަރަކަށް ނުވާތީ އޭނާގެ ޝަރުތު ހަމަނުވާނެ ކަމަށް ބުނެ، މެންބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރެވުނެވެ.
އަދި މެންބަރުންގެ މެދުގައި ބޮޑު ޒުވާބެއް އުފެދުމުން، ރިޔާސަތުން ވަނީ އެޖަލްސާ ހުއްޓާލާފައެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން ފައްޔާޒު އިސްތިއުފާ ދެއްވީވެސް އެމްޑީޕީގެ އިސް މެންބަރުންގެ މެދުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން ކަމަށް ވިދާޅުވެއެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަލުން ޕާޓީއާ ގުޅިވަޑައިގަތުމާ ގުޅިގެން މި ދެބަސްވުންތައް އިތުރަށް ވަނީ ބޮޑުވެފައެވެ.
ދާދިފަހުން ޕާޓީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ފައްޔާޒްގެ މެދުގައި ބަހުގެ ޙަމަލާތަކެއްވެސް ބަދަލު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު