ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވުން
ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވުން
ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ތަރައްޤީ ކޮށްފައިވާ އިސްލާމީ ކުތުބުޚާނާ އާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސަޢުދާންއެވެ. އަދި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފެވެ.

ދިއްދޫ އިސްލާމީ ކުތުބުޚާނާގައި ދިވެހި ބަހާއި، އިނގިރޭސި ބަސް އަދި ޢަރަބި ބަހުން ލިޔެފައިވާ ތަފާތު އެކި ފޮތްތައް ބެހެއްޓިފައިވެއެވެ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކުރެވިފައިވާ އިސްލާމީ ކުތުބުޙާނާ ތަރައްޤީ ކޮށްފައިވަނީ ޒަމާނީ ވަސީލަތްތައްވެސް ހިމެނޭ ގޮތަށެވެ.

ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވުމަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމްކޮށް، އިސްލާމީ މަރުކަޒުތަކަށް ދިރުން ގެނެސްދިނުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އޭގެއިތުރުން ދިއްދޫ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގާ ތަފާތު ކޯސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް