ކަސްޓަމްސަށް ޖަޕާން ސަރުކާރުގެ ޕެޓްރޯލް އުޅަނދެއް ހަދިޔާކޮށްފިއެވެ.
ކަސްޓަމްސްގެ ފަރާތުން މިއުޅަނދާއި ހަވާލުވެވަޑައިގަތީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އުޅަނދު ހަވާލުކޮށް ދެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރޫމިކޯ އެވެ.
ތަންފީޒީ އިދާރާތަކުގެ ގާބިލު ކުރަން އިތުރު ކުރުމަށްޓަކައި ޖަޕާން ސަރުކާރުން ފުލުހުންނާއި ސިފައިންނަށްވެސް މިފަދަ އެހީތައް ފޯރުކޮށް ދެމުންދެއެވެ.
އެގޮތުން ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް 5 ލޯންޗު ވަނީ ހަދިޔާކޮށްފައެވެ. އޭގެއިތުރުން ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށްވެސް ދެ އުޅަނދު ހަދިޔާކުރަން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު