މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ފެނުމުން ދުއްވަން އިން ސައިކަލުގެ ސްޕީޑް ބާރުކޮށް ފުލުހުންނަށް ފިލަން މަސައްކަތްކުރި 23 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން، އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 1،806 މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށް ތަފާސްހިސާބުން ދައްކާއިރު، މިމައްސަލަވެސް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު