ގދ. ތިނަދޫގައި ހަށިވިއްކަމުން ދަނިކޮށް ކުށުގެވެށިން ދިވެއްސަކާއި ތައިލެންޑު މީހެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގީ ތިނަދޫގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
އެ އޮޕަރޭޝަންގައި ތިނަދޫގެ ގެއެއް ބަލައިފާސްކޮށް، 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
"އެ ދެ މީހުންވެސް ހައްޔަރުކޮށްފައިވަނީ ބަދުއަހުލާގީ އަމަލު ހިންގަމުންދަނިކޮށް ކުށުގެ ވެށިން." ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ، އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފިރިހެން މީހާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ކަމަށެވެ. އަދި އަންހެން މީހާގެ ބަންދަށް 4 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު