މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރު މުހައްމަދު އަލްސަން އިސްމާއިލް ކުށަށް އިއުތިރާފްވުމާ ގުޅިގެން 45،000 ރުފިޔާން ޖޫރިމަނާ ކޮށްފިއެވެ.
އަލްސަންގެ މައްޗަށް ދައުލަތުން ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.
އެ ދައުވާއަށް އޭނާ ފުރަތަމަ އިންކާރު ކުރިނަމަވެސް ފަހުން ވަނީ ދައުވާ އަށް އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުން ބަލައިގަންނަން ޝަރީއަތުން ނިންމައި، އެއްބަސްވުމާ އެއްގޮތަށް އަލްސަންގެ މައްޗަށް މިއަދު ވަނީ ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައެވެ.
އެއްބަސްވުމުގައިވާ ގޮތުގައި އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެ އަދަބުގެ ތެރެއިން އެއް ބަޔަކީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއްގެ ގޮތަށް އަދި ބާކީވާ މުއްދަތު ޖޫރިމަނާގެ ފައިސާ އަށް ބަދަލުކުރަން އޭނާ ވަނީ ދައުލަތާއެކު އެއްބަސްވެފައެވެ.
އެހެންވެ އެއްބަސްވުމާ އެއްގޮތަށް އަލްސަން އިއުތިރާފަށް ރިއާޔަތްކޮށް ޝަރީއަތުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އިއްވީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ޖޫރިމަނާއެެއްގެ ގޮތުން 45،000ރ. 12 މަސް ދުވަހަށް ބަހާލައިގެން ދެއްކުމަށް ވެސް އެންގިއެވެ.
މި މައްސަލައާ ގުޅިގެން އަލްސަން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗު މަހުއެވެ. އެހެންވެ، ބަންދުގައި ހުރި މުއްދަތު އަދަބުގެ މުއްދަތަށް ވުރެ އިތުރުވާތީ، ހުކުމާ ގުޅިގެން އޭނާ އިތުރަށް ބަންދުގައި ހުންނާކަށް ނުޖެހޭނެއެވެ.
އަލްސަން ހައްޔަރުކުރީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާންއާ އެކުއެވެ. ޝައްމާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދާއިރު އޭނާ ވަނީ ދައުވާ އަށް އިންކާރު ކޮށްފައެވެ. އެވެ. އެ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

ކިޔުންތެރިންގެ ހިޔާލު