އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލަަތަކާ ގުޅިގެން އިޒްރޭލުގެ ރައީސްގެ ފަރާތުން މާފަށް އެދިއްޖެއެވެ.
ނަތަންޔާހޫގެ މައްޗަށް 2019 ވަނަ އަހަރު ވަކިވަކި ތިން ކޮރަޕްޝަންގެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގެ ތެރޭގައި ރިޝްވަތު ނެގުމާއި، މަކަރާއި ހީލަތް އަދި އިތުބާރު ނަގާލުމުގެ ތުހުމަތުތައް ހިމެނެއެވެ. ނަމަވެސް، އޭނާ ވަނީ މި ތުހުމަތުތައް ދޮގުކޮށް، ކުށަށް އިންކާރު ކޮށްފައެވެ.
އިޒްރޭލުގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ނަތަންޔާހޫ، ރައީސް އައިޒެކް ހެރްޒޯގްއަށް މާފަށް އެދި ސިޓީއެއް ހުށަހަޅާފައި ވާކަމަށެވެ. އެ އޮފީހުން ބުނީ މިއީ އާދަޔާ ހިލާފު އެދުމެއް ކަމަށާއި، މީގެ ސަބަބުން ބޮޑެތި އަސަރުތަކެއް ފޯރާނެކަން އެނގޭ ކަމަށެވެ.
"ހުރިހާ ގުޅުންހުރި ރައުޔުތައް ލިބުމަށްފަހު، ރައީސް މި އެދުމަށް ޒިންމާދާރުކަމާއެކު އަދި އިޚްލާސްތެރިކަމާއެކު ބައްލަވާނެ" އެ ބަޔާނުގައި ވެއެވެ.
ނަތަންޔާހޫ މާފަށް އެދުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި މައްސަލަތަކުގައި ނަތަންޔާހޫއަށް މާފު ދިނުމަށް ހެރްޒޯގްއަށް ބާރުއަޅުއްވަމުންދާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕް ވަނީ މި ނޮވެމްބަރު މަހުގެ ކުރީކޮޅު ވެސް ހެރްޒޯގްއަށް ސިޓީއެއް ފޮނުއްވައި، މާފު ދިނުމަށް އެދިވަޑައިގެންފައެވެ. ހަމައެއާއެކު އޮކްޓޯބަރު މަހު ޓްރަމްޕް އިޒްރޭލަށް ކުރެއްވި ދަތުރުފުޅުގައި ވެސް، އިޒްރޭލްގެ ޕާލިމެންޓަށް ކުރެއްވި ތަޤްރީރެއްގައި ނަތަންޔާހޫއަށް މާފު ދިނުމަށް ހެރްޒޯގްއަށް ވަނީ ބާރުއަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު