ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް ހިނގި ޙާދިސާގައި ހަށިގަނޑުގެ ބޮޑުބައެއް ފިހުނު މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ބުނީ، ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި ބުދަ ދުވަހު ހިނގި ހާދިސާއެއްގައި ކަރަންޓުގައި ޖެހި ފިހުނު ސްޓެލްކޯގެ 43 އަހަރުގެ މުވައްޒަފަކު އިތުރު ފަރުވާއަށް އެއާ އެމްބިއުލާންސެއްގައި ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އޭނާ ފުރަތަމަ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް، ފަހުން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ ތައިލެންޑަށް ގެންގޮސްފައެވެ.
މިމުވައްޒަފުގެ ފަރުވާގެ ހުރިހާ ޚަރަދެއް ކުރަނީ ސްޓެލްކޯއިންނެވެ.
ސްޓެލްކޯއިން ވަނީ އެ މުވައްޒަފުގެ ފަރުވާގެ ކަންކަން ގާތުން ބަލައި، އާއިލާއަށް ބޭނުންވާ އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު