ފެނަކަ ކޯޕަރޭޝަން-
ފެނަކަ ކޯޕަރޭޝަން-
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 2 މީހަކަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި ދައުވާކޮށްފައިވަނީ މ. ފެހިވިދުވަރުގެ، އިސްމާއިލް ޝަމްއޫނާއި، ޏ. ފުވައްމުލައް، ހޯދަޑު، މައިޒާން، މަރްޔަމް ދީނާ ސާލިހުގެ މައްޗަށް ކަމަށެވެ.

މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތުގެ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

އެ ކުށުގެ އަސާސީ އަދަބަކީ އެއް އަަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ޕީޖީ އޮފީހުން ހާމަކުރިއެވެ.

ޕީޖީ އޮފީހުން ބުނީ މި ދެމީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ދީނާ ފެނަކައިގެ ޕްރޮކިޔުމެންޓު ހެޑުގެ ގޮތުގައި ހުރެ އަދި ޝަމްއޫނު އެ ކުންފުނީގެ އައިޓީ ހެޑުގެ ގޮތުގައި ހުރެ 25 ޖޫން 2018ގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރެއް އަދި ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ ކަމަށެވެ.

ކެއިރެޓްސޫ ކުންފުނިން ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި މި ދެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ޕީޖީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް