ލ. ގަމު ތުނޑީ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ލ. ގަމު ފެނަކަ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރުފަހު 14:50 ހާއިރު ކަމަށެވެ.
އަދި ލ.ގަމު ފެނަކަ އިންޖީނު ގޭގައި ރޯވި އަލިފާން 15:50 އެހާކަންހާއިރު ވަނީ ނިއްވާލެވިފައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
"މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވޭ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވޭ. މިހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުން." ފުލުހުން ބުނެފައިވެއެވެ.
މިހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ސެންޓްރަލް އޭރިއާ ކޮމާންޑް ކައްދޫ ފަޔާ ސްޓޭޝަނުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު