އެމްއެފްޑީއޭ-
އެމްއެފްޑީއޭ-
ހެލްތު ސެޓްފިކެޓާ ނުލައި ރާއްޖެ އަށް ކާބޯތަކެތި އެތެރެކުރަން ކްލިއަރެންސް ދިން މައްސަލައެއްގައި އެމްއެފްޑީއޭގެ ދެ މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޕޯޓު ކްލިއަރެންސްގައި އުޅުނު އެމްއެފްޑީއޭގެ ފީލްޑު އޮފިސަރުންތަކެއް، ރާއްޖެ އަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި ކަނޑާއި ވައިގެ މަގުން އެތެރެ ކޮށްފައިވާ ޝިޕްމަންޓްތަކަކަށް މިދިޔަ މާޗު މަހު ކްލިއަރެންސް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދައުވާކޮށްފައިވަނީ ދަފްތަރު 9244، އަހުމަދު ހާޝިމް އަދި ގދ. ތިނަދޫ، އަރަފާތު، އަހުމަދު ޒާހިިރުގެ މައްޗަށެވެ.

ކޮންމެ މީހެއްގެ މައްޗަށް ދައުލަތުން ވަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ އުފުލާފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ކޮންމެ މައްސަލައަކަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ދައުވާ ލިބޭ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުން ހުރި ކަމަކަށް ވާތީ އާއްމު މަސްލަހަތު ވަޒަންކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހަދަން ނިންމާފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް