ރޭ ދަންވަރު ގދ. ތިނަދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޢާއްމުންގެ ގެދޮރަށް ފެންވަދެ ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މިވަގުތު ފެން ހިންދުމަށްޓަކައި ތިނަދޫ ސިޓީގެ ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނީ ރެއިން ފެށިގެން މިއަދު ހެނދުނު 8:30އާ ހަމައަށް ތިނަދޫއަށް ބޯކޮށް ވާރޭވެހި، ގެތަކަށް ފެން ވަދެ ބައެއް ގެތަކުން ކަރަންޓު ކެނޑުނުކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް ގެއަކުން މީހުން ބަދަލުކުރަންޖެހޭ ހާލަތެއް ދިމާވެފައިނުވާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދީފައިވެއެވެ.
މެޓް އޮފީހުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ގދ. އަތޮޅަށެވެ. އެގޮތުން ގދ. ކާޑެއްދޫއަށް 72.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ފަރެސްމާތޮޑާއަށް ވެސް ވަރަށް ބޯކޮށް ވާރޭވެހިފައިވެއެވެ.
އަދި ކުރިއަށް އޮތް 24 ގަޑިއިރު، އުތުރާއި ދެކުނުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ބޯކޮށް ވާރޭވެހި ތިނަދޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/qXAwbLWVfP
— Maldives National Defence Force (@MNDF_Official) December 7, 2025
މެޓް އޮފީހުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ގދ. އަތޮޅަށެވެ. އެގޮތުން ގދ. ކާޑެއްދޫއަށް 72.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ފަރެސްމާތޮޑާއަށް ވެސް ވަރަށް ބޯކޮށް ވާރޭވެހިފައިވެއެވެ.
އަދި ކުރިއަށް އޮތް 24 ގަޑިއިރު، އުތުރާއި ދެކުނުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު