ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް
ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް
ވޯލްޑް ޓްރެވެލް އެވާޑްސް (ޑަބްލިއުޓީއޭ) ,އިން ހޮވާ އެންމެ މަގުބޫލު މަންޒިލްގެ ޝަރަފު ރާއްޖެއަށް ލިބިއްޖެއެވެ.

ޑަބްލިއުޓީއޭއަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ އިހުތިރާމް ލިބިގެންވާ އެވޯޑެވެ. މި އެވޯޑުގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އިނާމުދިނުމެވެ.

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާ ބާއްވާފައިވަނީ ބަޙްރެއިންގައެވެ. މިފަހަރުގެ ޑަބްލިއުޓީއޭ އެވޯޑްސްގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު (ވޯލްޑް ލީޑިން ޑެސްޓިނޭޝަން) ޖެހިޖެހިގެން ހަވަނަ ފަހަރަށް ރާއްޖޭން ވަނީ ކާމިޔާބުކޮށްފައެވެ.

މި އެވޯޑުގެ އިތުރުން، ރާއްޖޭން ވަނީ ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން، ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު ތިމާވެއްޓާ ރައްޓެހި މަންޒިލްގެ މަގާމުވެސް ދިފާޢުކޮށްފައެވެ. މިއީ މި އެވޯޑް ރާއްޖެއިން ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެންމެ ޝަރަފުވެރި ދެ އެވޯޑުގެ އިތުރުން ސަރަހައްދީ ތިން އެވޯޑެއްވެސް ރާއްޖޭން ވަނީ ވޯލްޑް ޓްރެވަލް އެވޯޑްގައި ކާމިޔާބުކޮށްފައެވެ. އެއީ އިންޑިއަން އޯޝަންސް ބެސްޓް މައިސް ޑެސްޓިނޭޝަން 2025، އިންޑިއަން އޯޝަންސް ބެސްޓް އިންސެންޓިވް ޑެސްޓިނޭޝަން 2025 އަދި އިންޑިއަން އޯޝަންސް ބެސްޓް ޓޫރިޒަމް އޮތޯރިޓީ ވެބްސައިޓްގެ އެވޯޑެވެ،

'ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ލިބުނު މި އެވޯޑުތަކާ ހަވާލުވެވަޑައިގަތީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ.



ކިޔުންތެރިންގެ ހިޔާލު