ތައިލެންޑާއި ކެމްބޯޑިއާއިން ބޯޑަރު ހުރަސްކޮށް އަނެއްކާވެސް ހަމަލާތައް ބަދަލުކުރަން ފެށުމާ ގުޅިގެން އެކަން ހުއްޓާލުމަށް ދެގައުމަށްވެސް މެލޭޝިއާއިން ގޮވާލައިފިއެެވެ.
ތައިލެންޑާއި، ކެމްބޯޑިއާއިން އަލުން ހަމަލާތައް ބަދަލުކުރަން މިފެށީ، ހަމަލާތައް ހުއްޓާލުމަށް މެލޭޝިޔާއާއި އެމެރިކާ މެދުވެރިވެގެން ޖުލައިމަހު އެއްބަސްވުމެއް ވެފައި ވަނިކޮށެވެ.
އަލުން ހަމަލާތައް ފެށުމުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ، އެކަމާ ވަރަށް ކަންބޮޑުވެވަޑައި ގަންނަވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހަމަޖެހުން ގާއިމްކުރުމަށް ކުރެވުނު މަސައްކަތަށް ނުރައްކާ ވެފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.
ތައިލެންޑް ވައިގެ ސިފައިންވަނީ، ދެގައުމު ވަކިކުރާ ބޯޑަރު ހުރަސްކޮށް ކެމްބޯޑިއާގެ ތެރެއަށް ވައިގެ ހަމަލާތަކެއްވެސް ދީފައެވެ. އަދި ކެމްބޯޑިއާ ސިފައިންވެސް ވަނީ ތައިލެންޑް ތެރެއަށް އެއްގަމުމަގުން ހަމަލާތަކެއް ދީފައެވެ.
މި ހަމަލާތަކުގައި ތައިލެންޑުން ސިފައިންގެ މީހަކު މަރުވެފައި ވާއިރު، ކެމްބޯޑިއާއިން އާންމުންގެ ހަތަރު މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.
ތައިލެންޑް އަސްކަރިއްޔާއިން ބުނީ ތައިލެންޑްގެ އިސްތިގްލާލާއި، ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން ކެމްބޯޑިއާއަށް ވައިގެ ހަމަލާތައް ދޭނޭ ކަމަށެވެ.
މި ދެ ގައުމުން ހަމަލާ ބަދަކު ކުރަން ފެށީ، ދެގައުމު ވަކިކުރާ ބޯޑަރު ސަރަހައްދުގެ މިލްކުވެރިކަމާ މެދުގައި ދެބަސްވުން އުފެދުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު