ފުލުހުންގެ އޮޕަރޭޝަންގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަންގެ ތެރެއިން
ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ދެ ފިހާރަ ބަންދު ކޮށްފިއެވެ.

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

"މި ތަންތަނުގެ ތެރެއިން ދެ ތަނެއް ބަންދުކުރެވި، ހުރި މައްސަލަތައް ރަނގަޅުކުރުމަށް އެއް ތަނަކަށް ނޯޓިސް ދީފައިވޭ. އަދި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ބަންދުކޮށްފައިވާ ދެ ތަނަކީ ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ދެތަން ކަމަށެވެ.

"ދެ ތަނުންވެސް ދުންފަތުގެ ބާވަތްތައް ފެނިފައިވޭ." ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުމާއި އެތަކެތި ރާއްޖޭގައި ގެންގުޅުން، 2024 ވަނަ އަހަރުގެ ނޮވެންބަރު 15ގައި ވަނީ މަނާކޮށްފައެވެ.

އޭގެ އިތުރުން މިދިޔަ އަހަރު ސަރުކާރުން ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ. އަދި 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް ޖެނެރޭޝަނަލް ބޭންއެއް ވަނީ މިދިޔަ ނޮވެމްބަރ މަހުގެ އެއްވަނަ ދުވަހު ތައާރަފު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު