ހއ. ކެލާގައި ދިވެހި ޕާސްޕޯޓު ހެެއްދުމުގެ ހިދުމަތް ފަށައިފި އެވެ.
ހއ. ކެލާގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަދުއެވެ. އިމިގްރޭޝަނުން ބުނީ، ހއ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް 'ކަލެކްޝަން ޕޮއިންޓް' ގޮތުގައި މިހާރު ދިއްދޫ، އިހަވަންދޫ އަދި ކެލާ ވެސް ޚިޔާރުކުރެވޭނެ ކަމަށެވެ.
އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން، ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙް ކޮށްފައެވެ.
ޕާސްޕޯޓުގެ ދޫކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އޮންލައިކޮށް ދޭން ފެށީ، 2020 ވަނަ އަހަރުއެވެ. އައިޑީ ކާޑު ހެދުމުގެ ހިދުމަތް އޮންލައިން ވެގެން ދިޔައީ 2021 ވަނަ އަހަރުއެވެ. އައި މި ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މަޝްރޫޢެއްގެ ގޮތުގައި ރަސްމީކޮށް ފެށީ 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ.
އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ރާއްޖޭން ބޭރުގައި ދިވެހިން ދިރިއުޅޭ ބައެއް ޤައުމުތަކުގައިވެސް މިހާރުވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު