ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން "ރިސެޓް" ގެ ނަމުގައި ބާއްވާ ޖަލްސާ އަކީ މާ ބޮޑައްވެސް ގައުމީ ޖަލްސާ އެއް ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
"އެކްސް" ގައި އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި އައިޝަތު ޖެނިފާ"މިއީ ސިޔާސީ ޖަލްސާ އެެއް ނޫން ދޯ" އޭ ބުނެ ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުން މަލީހު ވިދާޅުވީ ބުދަ ދުވަހުގެ ރޭ ބާއްވާ ޖަލްސާ އަކީ މާ ބޮޑަށް ވެސް ގައުމީ ޖަލްސާއެއް ކަމަށާއި އެއްބައިވަންތަކަން ކުރިއަރުވައި ހިޔާލު ތަފާތުވުން ކުޑަކުރެވޭނެ ޖަލްސާއެއް ކަމަށެވެ.
https://x.com/maleehjamal/status/2000290953450738049?t=MgkIIZfrgQ0pxOFZfsrNhw&s=19
ކުރީގެ ރައީސް ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން "ރިސެޓް" ގެ ނަމުގައި ސިޔާސީ ހަރަކާތެއް ފަށަން ތައްޔާރުވެފައިވާއިރު ބުދަ ދުވަހުގެ ރޭ 8:30 ގައި އާޓިފިށަލް ބީޗުގައި ބާއްވާ މި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެއެވެ. އަދި ސިޔާސީ މުހިއްމު ކަންތައްތަކެއް ހާމަ ކުރައްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރައީސް ޔާމީންއި ޕީއެންއެފުން ގެންދަނީ ކޮންމެ ހަފުތާއަކު ވެސް ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. މީގެ ކުރިން "ރައިޒް އަޕް" ގެ ނަމުގައި ވެސް ޔާމީން އިސްވެ ހުންނަވައި ވަނީ ސިޔާސީ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު