މޯލްޑިވްސް ކަސްޓަމްސް-
މޯލްޑިވްސް ކަސްޓަމްސް-
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ 3 ކިލޯ 50 ގުރާމުގެ ކެނަބިސް ފަތް ކަމަށެވެ.

މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ވަކި އަދަދަކަށް ވުރެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިމަހު ތަސްދީގުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު